English Edition
Dhivehi Edition

އިއްޔެ އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 400 އަށް އަރާފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ

އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓާ އެޖެންސީ އާއި ހަވާލާދީ މީޑިއާއިން ބުނެފައިވަނީ ވަނީ ބިންހެލުމުގައި މިހާތަނަށް 384 މީހުން މަރުވިކަން ޔަގީން ކުރެވިފައިވާއިރު، އެންމެން ވެސް މަރުވެފައި ވަނީ ސުނާމީ އެރި ޕާލޫ އިންކަމަށެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ ދިނުމުގައި ނޭޝަނަލް ޑިޒާސްޓާ އެޖެންސީ އިން ހަރަކާތްތެރިވަމުން އަންނައިރު މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުންވަނީ ލަފާކޮށްފައިވެ އެވެ.

އާބާދީގައި ގާތްގަނޑަކަށް 350،000 މީހުންގެ އާބާދީއެއް އޮންނަ ސައުތު ސުލަވެސީ ޕްރޮވިންސްގެ ވެރިރަށް ޕާލޫ އިން އެތައް ބަޔަކު ގެއްލިފައވާއިރު ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދު 540 އަށް އަރާފައިވާ ކަމަށް ވެސް ޑިޒާސްޓާ އެޖެންސީން ވަނީ ބުނެފައެވެ

އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު އެރި ސުނާމީގައި އޭޝިއާ ސަރަހައްދުން ވަނީ 220،000 މީހުން މަރުވެފަ އެވެ.