English Edition
Dhivehi Edition

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާންކޮށް ކުރިއަށް އޮތް ފަސް އަހަރުގެ ރިޔާސީ ދައުރުގެ ރައީސަކީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކަމަށް އިއުލާންކޮށްފިއެވެ

މިއަދު އިލެކްޝަން ކޮމިޝަނުން އިއުލާންކުރި ރަސްމީ ނަތީޖާގައިވާ ގޮތުން ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ .ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ.

ކުރިން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ވަގުތީ ނަތީޖާ އާއި މިއަދު އިއުލާންކުރި ރަސްމީ ނަތީޖާއާ ތަފާތު އުޅެނީ 80 ވޯޓުގެ އެވެ. އެ ވޯޓުތަކަށް ބަދަލު އައީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުންތަކެއްގެ ސަބަބުންކަމަށް އީސީ އިންވަނީ ބުނެފައެވެ.

ދާއިމީ ނަތީޖާއިން ދެއްކި ގޮތުގައި އިންތިޚާބުގައި ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ބާތިލް ވޯޓުގެ ގޮތުގައި 3132 ވޯޓު ގުނާފައިވެއެވެ