ސަރުކާރުގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ނުދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ
މުއާޒް މިހެން ވިދާޅުވީ ބައެއް އޮފީސްތަކުން ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑު އިވެމުންދާ ކަމަށް ބުނެ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ
މުއާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކުނިބުންޏަށްވާ ލިޔެކިޔުން ނައްތާލުމަށް ކޮންމެ އޮފީހެއްގައި ވެސް އަބަދުވެސް ޝްރެޑަރު ހުންނާނެކަމަށެވެ. މީގެ އިތުރުން މުއިއްޒުވަނީ ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަށްވާފައެވެ