އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެ ޕާޓީގެ ކައުންސިލުން އިއްޔެ ނިންމާފައިވާތީ، އެކަން އާންމުކޮށް އިއުލާން ކޮށްފިއެވެ
ޕީޕީއެމްގެ ކޮންގްރެސް އާއި ބެހޭ ގޮތުން އެ ޕާޓީން ނެރުނު އިއުލާންގައި ބުނެފައިވަނީ ޕާޓީގެ ކޮންގްރެސް ބާއްވާނީ މާލޭގައި ކަމުގައެވެ
ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސްވެރިން ވިދާޅުވީ، ޕީޕީއެމްގެ މިސްރާބު ކަނޑައަޅަން ވަރަށް އަވަހަށް ކޮންގްރެސްއެއް ބާއްވަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމާ އެކު، ޕީޕީއެމަކީ އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެކަމަށް އެ ޕާޓީންވަނީ ބުނެފައެވެ
ޕީޕީއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އޭރު ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، އެންމެ ފަހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ޕާޓީގެ ހިންގުން ހަވާލުކުރީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންއާއެވެ.
.