English Edition
Dhivehi Edition

3 އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ‘ ވެލްކަމް ބެކް’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަންކީތާ ސްރިވަސްތަވާ ބެލުންތެރިންނާ ހަމައަށް އައުމަށް ތައްޔާރުވެއްޖެއެވެ

2015 ވަނަ އަހަރު ‘ވެލްކަމް ބެކް’ ކުޅުމަށްފަހު އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާ އަންކީތާ މި ފަހަރު ފެންނާނީ ޓީވީ ޑްރާމާ ‘ ދާސްތާނާ އެ މޮހާބަތް ސަލީމް އަނާރްކާލީން’ނެވެ.އަންނަ މަހުގެ ފުރަތަމަ ދުވަހު ކަލާސް އިން ދައްކަން ފަށާ މި ޑްރާމާ އާއި ބެހޭ ގޮތުން އަންކީތާ ބުނެފައިވަނީ މީ އޭނާގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެނިގެންދާނެ ޑްރާމާއެއް ކަމަށެވެ”މި ޑްރާމާގައި އަހަރެން ފެނިގެންދާނީ މީހާއަށްވުރެ އޭނާގެ ހައިސިއްޔަތާ ގަދަރު ދެކެ ލޯބިވެގެން އުޅޭ މީހެއްގެ ރޯލުން.”އަންކީތާ ވަނީ ބުނެފައެވެ

އަންކީތާގެ އިތުރުން މިޑްރާމާގައި ސަލީމްގެ ރޯލުން ޝަހީރް ޝެއިހް ފެނިގެންދާއިރު އަނާރްކަލީގެ ރޯލުން ފެނިގެންދާނީ ސޯނާރިކާއެވެ