ކުރިއަށް އޮށް ފަސްއަހަރަށް ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވި އިބްރާހިމް މުހައްމަދު ސޯލިހްގެ ކާމިޔާބީއާއެކު އަލަށް އުފެދޭ ސަރުކާރާއި ގާތުން މަސައްކަތްކޮށް ގުޅުން ހަރުދަނާ ކުރުމަށް އުއްމީދު ކުރާކަމަށް ޔޫރަޕިއަން ޔޫނިއަން އިން ބުނެފިއެވެ
އީޔޫގެ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އިން ނެރުނު ބަޔާނެއްގައި އިބޫގެ ކާމިޔާބީ ފާހަގަކޮށް ބުނެފައިވަނީ، ރާއްޖޭގެ ކަންކަން އީޔޫއިން ވަރަށް ގާތުން ބަލަމުންދާ ކަމަކަމަށެވެ..
މީގެ އިތުރުން އީޔޫގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ 90 ޕަސެންޓްގެ ބޮޑު އާބާދީއެއް ވޯޓުލުމަށް ނިކުމެފައިވާކަމަށާއި ވޯޓުލުން އަމާންކަމާއެކު ނިންމާލެވުމުން ދޭހަވެގެންދިޔައީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަށް ދިވެހިން އިސްކަންދޭ މިންވަރުކަމަށެވެ