ޖެއްސުން ކުރުމާއު ފުރައްސާރަކުރުމަކީ ސިޔާސީ ދާއިރާގައި އުޅުއްވާއިރު ނުވެ ނުދާނެ ކަންކަންކަމަށާއި ޖެއްސުން ކުރުމާއު ފުރައްސާރަ ބަލައިގަންނާނީ ހެޔޮ ހިތުންކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ
ޑރ.ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެމްޕޭންގައި ރައްޔިތުންނާއި ގާތުން ބައްދަލުވެ އެކި އުމުރުގެ މީހުންގެ އިހްސާސްތަށް ދެނެގަނެވުމަކީ ހަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. ރައީސް ޔާމީންގެ ކެމްޕޭންގައި ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރުމުން ޝަހީމް އާއި މެދުގައި ރައްޔިތުން ބެހެއްޓެވި ގާތްކަމާއި އޯގާތެރިކަމަށް ހިތުގެ ފުން މިނުން ޝުކުރު އަދާކުރާކަމުގައި ޝަހީމްވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން ޝަހީމް ވިދާޅުވީ އޭނާގެ އަމާޒަކަށްވެފައި އޮތީ ދިވެހިރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ތެރެއިން ވެރިންނާއި މުވައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ