ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވިޓާއ ގުޅިގެން ދީނީ އިލްމުވެރިން ނުރުހުންފާޅުކޮށްފިއެވެ
ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޑރ. ޝަހީމަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ވައްދާ ބޭފުޅެއް ކަަމަށެވެ. އަދި ސައުދީ ފަދަ ދީނީ ހަރުކަށި ފިކުރަށް ތާއިދު ކުރާ ގައުމަކުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމުން އެކަން ޔަގީންވެގެންދާނެކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ
ނަޝީދުގެ ޓުވިޓާއި ގުޅިގެން ދީނީ އިލްމްވެރިޔާ ޝެއިހް މުހައްމަދު އަނިލް ވިދާޅުވީ ޝަހީމު އާއި އައިއެސް ޖަމާއަތާއި ގުޅުވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި ޑރ ޝަހީމް އަކީ ދީނުގެ ނަމުގައި ހައްދު ފަހަނަޅާ ދިއުމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ހެކިވެ ވަޑައިގަންނަވާ ކަމަށް ޝެއިހް އަނިލް ވިދާޅުވިއެވެ
ޝެއިހް އަނިލްގެ ވާހަކައަށް ތާއިދުކުރައްވާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވަނީ ޝަހީމަކީ ނަޝީދު އެ ވިދާޅުވާފަދަ ބޭފުޅެއް ނޫންކަމަށް ހެކިވާ ކަމަށް ވިދާޅުވެފައެވެ.އަދި ސިޔާސީ ގޮތުން ވާދަވެރިކަން އޮތް ނަމަވެސް ބުހުތާނު ދޮގު ހަދައިގެން މީސް މީހުންގެ އަބުރު ކަތިލަން ނޫޅޭއްވުމަށް ރައީސް ނަޝީދަށް ޑރ އިޔާޒްވަނީ ގޮވާލާފައެވެ