ގދ. ތިނަދޫގައި މި ސަރުކާރުން ގާއިމްކުރާ އިސްލާމީ މަރުކަޒަކީ އަދި ނިމިފަ ހުރި ތަނެއް ނޫންކަމަށާއި އެއީ ކޮންސްޓްރަކްޝަން ސައިޓެއްކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަމިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ
ސިޔާސީ ހަރަކާތް ހިންގައި މިސްކިތުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ ޝަހީމް ވިދާޅުވީ ތިނަދޫގެ އިސްލާމީ މަރުކަޒު ކައިރީގައި ނެގި ފޮޓޯގެ ސަބަބުން އެ އިމާރާތް މުޅި ދުނިޔެއަށް ފެނި، މަޝްހޫރު ވެއްޖެ ކަމަށެވެ. އަދި އެއީ މިސްކިތެއްގެ ހުރުމަތްކެނޑުން ނޫން ކަމަށާއި އެމަންޒަރު އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވީ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ
އިދިކޮޅު ފަރާތްތަކުން ޑރ ޝަހީމް މިސްކިތުގެ ހުރުމަތްކަނޑާލީ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް ޝަހީމް ވިދާޅުވީ އެއީ އަދި މިސްކިތަކަށްނުވެ ހުރިތަނެއްކަމަށާއި އަދި އެތާ އެތެރެއަށް ނުވަދެ ފޮޓޯއެއް ނެގީ އެތާ ބޭރުގަ ސިޑިމަތީގައި ކަމަށެވެ. އަދި އެތާގެ އެތެރެއަކަށް އެއްވެސްމީހުކު ވަދެފައިނުވާ ކަމަށާއި އެއީ އަދި އިމާރާތް ކުރެވެމުންދާ ތަނެއްކަމެއް ޝަހީމްވަނީ ފާހަގަކުރައްވާފައެވެ
.