English Edition
Dhivehi Edition
ދ. ހަނިމާދޫއަށް ކުރެއްވި ކެމްޕެއިން ދަތުރު ފޮޓޯ:ޕީޕީއެމް

ބޭރުގެ ނުފޫޒުތަކަށް ބޯ ނުލެނބުމަކީ ރާއްޖޭގެ ވަރުގަދަ ކަން ހާމަވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ

ރޭ ދ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަން ނުވާ މިންވަރަށް މި ސަރުކާރުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ މިނިވަން ކޮށްކަމަށެވެ.އަދި އޭގެ ސަބަބުން އެތައް ގައުމަކާ އަލަށް ގުޅުން ބަދަހިވެ، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އައިސްފައިވާކަމަށް ޝަހީމްވަނީ ވިދާޅުވެފައެވެ

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އެކަހެރިވެފައިވާކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ދައްކަވާފައިވާ ވާހަކައާއި ގުޅިގެން ޝަހީމް ވިދާޅުވީ ބޭރުގެ ނުފޫޒުތަކަށް ބޯ ނުލެނބުމަކީ ރާއްޖޭގެ ވަރުގަދަ ކަން ހާމަވާ ކަމެއް ކަމަށާއި އެއީ ރާއްޖެ އެކަހެރިވުން ނޫން ކަމަށެވެ

މީގެ އިތުރުން ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކާ ކުރިމަތިލާން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ގައުމުތަކުގެ ވެރިންނަށް ތިއްބަވަންޖެހޭނީ އެކަހަލަ ބޭފުޅުން ކަމުގައެވެ.