English Edition
Dhivehi Edition

‘ދިލްބަރް’ އާއި ‘ކާލާ ޗަޝްމާ’ ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ މަޝްހޫރު ލަވަކިޔުންެތެރިޔާ ނޭހާ ކައްކަރް އާއި އެކްޓަރު ހިމާންޝް ކޯލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގައި ގިނަ ބަޔަކު ބުނަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ

އެންމެފަހުން މި ދެތަރިން މި ވަނީ އެމީހުންގެ ގުޅުމާއި ބެހޭ ގޮތުން މީހުން ދައްކަމުން އަންނަ ވާހަކަތަކަށް ޖަވާބުވެސް ދީފައެވެ. އިންޑިއަން އައިޑޮލް ސީޒަން 10 ގައި ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ނޭހާ އާއި ހިމާންޝްވަނީ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައެވެ. މަހުމާނެއްގެ ގޮތުގައި ހިމާންޝް އިންޑިއަން އައިޑޮލް ޝޯ އިން ފެނިގެންދާ އެޕިސޯޑްގައި މި ދެތަރިންވަނީ އެމީހުން ކައިވެނިކުރަން ނިންމާފައިވާކަމުގެ އިޝާރާތެއް ކޮށްފައެވެ

ނޭހާ އަށް ސްޕްރައިޒެއް ދިނުމުގެ ގޮތުން ހިމާންޝް ޝޯ އަށް މެހެމާނެއްގެ ގޮތުގައި ގެންގޮސްފައިވާއިރު ނެހާ ބުނެފައިވަނީ ހިމާންޝް އަށް އޭނާ ވަރަށް ރަގަޅަށް އެގޭނެ ކަމަށާއި ކައިވެންޏަކާ ދޭތެރޭ ވިސްނާ އިރު، ހިމާންޝްގެ ނަން އަންނާނެކަމަށެވެ.ނޭހާގެ ވާހަކައަށް ޖަވާބުދެމުން ހިމާންޝް ބުނެފައިވަނީ ނޭހާގެ އެ ބަސްތަކަށް އޭނާ އިންތިޒާރުކުރާތާ ވަރަށް ދުވަސް ވެއްޖެކަމުގައެވެ

މި ދެތަރިން ކައިވެނިކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައިނުވާއިރު ދެމީހުން ދޭތެރޭގައި އޮތް ގުޅުން މި ދެތަރިންގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯތަކުން ވަރަށް ރަގަޅަށް އެގިގެން ދެއެވެ