ރިޔާސީ އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް ކެމްޕޭން ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ އައްޑޫއަށް ވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ
އައްޑޫ ސިޓީގައި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް އޮތް ތާޢީދު ދައްކާލުމުގެ ގޮތުން ރޭ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި އައްޑޫ ސިޓީގެ އެކި އަވަށްތަކުން ޕީޕީއެމްއަށާއި ރައީސް ޔާމިންއަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ބައިވެރިވެފައެވެ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އާއި ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވި މި ޖަލްސާގައި ވާހަކަދައްކަމުން ޕީޕީއެމްގެ މެމްބަރުންވަނީ ދިވެހިން ދުވަހަކުވެސް އުންމީދުނުކުރާފަދަ ކުރިއެރުންތަށް ރައީސް ޔާމީން ޤައުމަށް ގެންނަވައި ހަޤީޤަތަކަށް ހައްދަވައިދެއްވާފައިވާކަން ފާހަގަކޮށްފައެވެ.އަދި މި ކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެމްޑީޕީގެ މެޖޯރިޓީ އޮތް އައްޑޫ ސިޓީގެ ވިސްނުން މުޅިން ބަދަލުވެގެންދިޔުން ކަމުގައި އެ މެމްބަރުންވަނީ ބުނެފައެވެ
ރޭ ޕީޕީއެމް އިން ޖަލްސާއެއް ބާއްވާފައިވާއިރު ބުރާސްފަތިދުވަހުގެރޭ އިދިކޮޅު އިއްތިހާދުންވެސްވަނީ އައްޑޫ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އަދި މިދިޔަ ހަފްތާތެރޭގައި ރައީސް ޔާމީންވަނީ އައްޑޫ އަށް ވަޑައިގެން އައްޑޫގެ އެކި އަވަށްތަކުގައި ސަރުކާރުން ހިންގި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވާފައެވެ