English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީން ގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރަސްމީ މަގާމެއް ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ

މ. މުލަކުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ،ރަސްމީ ހައިސިއްޔަތެއް ނެތް ނަމަވެސް މެޑަމް ފާތުން އަންހެނުންނާއި އެހެން ވެސް އިޖުތިމާއީ ހިދުމަތްތައް އެކަމަނާ ކުރައްވަނީ އެމަނިކުފާނު ވިދާޅުވެގެން ނޫން ކަމަށާއި އެކަންކަމަށް އެމަނިކުފާނުވެސް ހިތްވަރު ދެއްވާކަމަށެވެ

ޔާމީން ވިދާޅުވީ މުލަކުގެ ރައްޔިތުން އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ބޭނުން ވަނީ މެޑަމް ފާތުންކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް ފާތުން އަށް ރަސްމީ މަގާމަކާއި ޕީޕީއެމްގެ ހައިސިއްޔަތެއް ބޭނުމެއް ނުވާނެކަމަށާއި އެމަނިކުފާނުންގެ އަންހެނުންގެ މަގާމު ލިބުމުން ފާތުން އަށް ފުދޭ ކަމަށެވެ