English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީނުގެ އަނބިކަނބަލުން، ފާތުމަތު އިބްރާހީމް (މެޑަމް ފާތުން) ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބިއްޖެެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ކުރިމަތިވެ ވަޑައިގަތް ނާކާމިޔާބީއަށް ފަހު ކުޑަދުވަސްކޮޅަކަށް 6ސިޔާސީ މައިދާނުން ދުރަށް ވަޑައިގެން ހުންނެވުމަށްފަހު މެޑަމް ފާތުން ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަައެވެ.އެކަމަނާ ސައުދީއަށް ވަޑައިގެންނެވީ އުމްރާ ދަތުރުފުޅަކަށް ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެ ދަތުރުފުޅާއި ގުޅޭގޮތުން އެއްވެސް ރަސްމީ ފަރާތެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.

އެހެންކަމުން ގިނަބަޔަކު ތުހުމަތު ކުރައްވަމުން ދިޔައީ އިންތިޚާބަށް ފަހު އެކަމަނާ “ފިއްލެވީ” ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެސް ވަރަށް އަވަހަށް ފިއްލަވަން އުޅުއްވާ ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ ފުލުހައްވެސް ގޮސްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދައްކަމުންދާ އެ ވާހަކަތައް ދޮގުކުރައްވާ، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު ވަނީ ރައީސް ޔާމީން އާއި މެޑަމް ފާތުންވެސް ޤައުމު ދޫކުރައްވާ ނުފިއްލަވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.