English Edition
Dhivehi Edition

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށާއި ޕާޓީގެ ކަންކަން ފޯރީގައި ކުރިއަށް ގެންދިޔުމުގެ ގޮތުން ޕީޕީއެމް އިން އިސްނަގައިގެން “ހެސްކިޔާފަ” ނަމުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 20:30 ފެށިގެން ކާނިވާ ސަރަހައްދުގައި ބާއްވާ މި އެއްވުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އާއި ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ އިސްވެރިން އަދި މަޖިލިސް މެމްބަރުން ބައިވެރިވެޑައިގަންނަވާނެ ކަމަށް އެ ޕަޓިންވަނީ ބުނެފައެވެ

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މި ޖަލްސާގައި ކުންފުނިތަކުގެ ވެރިންނާއި، ކުންފުނިތަކަށް ނިސްބަތްވާ މުވައްޒަފުން އަދި ސަރުކާރުގެ މުވައްޒަފުންވެސް ބައިވެރިވާނެ ކަމަށެވެ