English Edition
Dhivehi Edition
ފޮޓޯ:ޕީއެސްއެމް

އައްޑޫ ސިޓީ މަރަދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ

ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މަރަދޫ ސިއްޙީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފްއެވެ

މި ރަސްމިއްޔާތަށް ފަހު ‘ޕީއެސްއެމް ނިއުސް’ އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާހް ސަޢީދު ވިދާޅުވީ މަރަދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީން ޢާންމުކޮށް ހަދަންޖެހޭ ހުރިހާ ޓެސްޓްތަށްވެސް ހެދޭނެކަމަށާއި އެހެންނަމަވެސް އެ މަރުކަޒުން ހެދެން ނެތް ޓެސްޓެއް ބަލިމީހާ ހަދަން ޖެހުނަސް ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް މަރަދޫ ސިއްހީ މަރުކަޒުން ހަމަޖައްސައިދޭނެކަމަށެވެ

މަރަދޫ ސިއްޙީ މަރުކަޒުގައި ޤާއިމްކުރި ލެބޯޓަރީން ޢާންމުކޮށް ހެލްތު ސެންޓަރުތަކުގެ ލެބޯޓަރީން ހެދޭނެ ހުރިހާ ޓެސްޓުތަކެއް ހެދޭނެއެވެ

 

ޓެގު