English Edition
Dhivehi Edition

އެކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. މަރަދޫ / މީނާޒް، މަޢުމޫން ނާޞިރު (43އ) އެވެ.

މަޢުމޫން ނާޞިރުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ