ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ޗީފް އެޑްމިނިސްޓްރޭޓަރަކު ހޯދަން އިޢުލާންކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މެއި 05 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަންވާނެ ކަމަށެވެ.
އެ މަޤާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ.
މީގެ އިތުރުން އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުންވެސް މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި 7،035ރ. ލިބޭނެއިރު، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި 2،462.25ރ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 2،000ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 2،550ރ. ލިބޭނެއެވެ.