English Edition
Dhivehi Edition
ފޮޓޯ: އީމާން

މިވަގުތު އައްޑޫ ސިޓީގައި 5 ބިލިއަން ރުފިޔާގެ މަޝްޢޫރުތައް ފެށިގެން ކުރިއަށްދާ ކަަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ 08 ސެޕްޓެމްބަރާއި ހަމައަށް އެ ސިޓީގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތަފްސީލް އާންމުކޮށްފައެވެ. މި ގޮތުން ކައުންސިލުން ބުނީ މި ވަގުތު އައްޑޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫގެ މަގުތަށް ރަނގަޅު ފެންވަރުގައި ހެދުމާއި ބިން ހިއްކުމުގެ ބިޔަ ޕްރޮޖެކްޓް ގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އައްޑޫ ސިޓީ ހުޅުދޫގައި ޖުމްލަ އަށް މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 444,589,767.91 އެވެ. އައްޑޫ ސިޓީ މީދޫގައި ޖުމްލަ 09 މަޝްރޫއެއް ކުރިއަށްދާއިރު މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 344,144,406.37 އެވެ. އައްޑޫ ސިޓީ މަރަދޫގައި 11 މަޝްރޫއެއް ކުރިއަށް ގެންދާއިރު، މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 251,033,500.83އެވެ. މަރަދޫފޭދޫގައި ހަ މަޝްރޫއެއް ކުރިއަށް ގެންދާއިރު ޖުމްލަ އަގަކީ 211,660,113.89 އެވެ. ފޭދޫގައި 219،556،059.56 ރުފިޔާގެ 11 މަޝްރޫއެއް ކުރިއަށްދާކަމަށް ކައުންސިލުންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ހިތަދޫގައި 2,267,377,102.14 ރިފިޔާގެ މަޝްރޫއުތައް ކުރިއަށްދާއިރު ސ.ގަމުގައި 266,216,680 ރުފިޔާގެ ދެ މަޝްރޫއެއް ކުރިއަށްދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.