English Edition
Dhivehi Edition
PSM News

ރ. ދުވާފަރުގައި ހިނގި ހަމަނުޖެހުމެއްގައި، މީހެއްގެ ބަނޑަށާއި ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ

ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ހިންގި އެ މަރާމާރީގައި 21 އަހަރުގެ ޒުވާނާގެ ބަނޑުގެ ދެ ފަރާތާއި ބުރަކަށިން ވެސް ދެ ތަނަކަށް ވަޅި ހަރާފައިވާއިރުއެ ޒުވާނާގެ ހާލު ސީރިއަސް އެވެ

ދުވާފަރު ކައުންސިލުން ބުނެފައިވަނީ ރާމާރީގައި ޒަހަމްވި މީހާ އަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އެރަށުގެ ހެލްތު ސެންޓަރަށްކަމަށާއި އެކަމަކު ފަހުން، އެ އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވާއިރު ރޭ ދަންވަރު ވަނީ ފުވައްމުލަކުގައި ވެސް ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލާފައެވެ