English Edition
Dhivehi Edition

އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު މާލެ ވަޑައިގެންފިއެވެ

ދެކުނުގެ ބައެއް އަތޮޅުތަކަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި ސ. ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ވަނީ ހުޅުއްވައިދެއްވާފައެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވައި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައެވެ.

ހިތަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ވަނީ ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ފޭދޫ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ވަނީ ފާހަގަކޮށްދެއްވައިފައެވެ

ރައީސް ޔާމީން ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، އެރަށުގައި ޤާއިމުކޮށްފައިވާ ހައުސިންގ ޔުނިޓްތަކ ނޭޗަރ ޕާކް ވަނީ ހުޅުއްވާދެއްވާފައެވެ. އަދި އެރަށު ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައިފައިވެއެވެ