English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކަމަށް ބުނެ ދައުރު ކުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ސައްހަ ރިޕޯޓެއް ނޫންކަމަށެވެ. އެގޮތުން އެ ރިޕޯޓާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ރިޕޯޓްގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ދައުރުވަމުންދާ ސައްހަނޫން އެ ރިޕޯޓުގައި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖްކޮށްގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

އިތުރަށް ފުލުހުން ބުނީ މި ރިޕޯޓް އުފެއްދައި ދައުރު ކުރަމުންދާ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގަައި ތަހުގީގު ކުރަމުންދާކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެކޮމިޝަނުންއެދިފައިވާތީ، އެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.