English Edition
Dhivehi Edition
ރައީސް ޔާމީން

ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވަނީ ދެވަނައިގައި ކަމަށް “ބާނީ ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީ” ގެ ސާވޭއަކުން ދައްކައިފި އެވެ.

މިއަދު (17 ޖެނުއަރީ 2026) އާންމުކުރި މި ޕޯލްގެ ނަތީޖާ ދައްކާ ގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ނަގާކިޔާ ލީޑަރުންގެ މެދުގައި ރައީސް ޔާމީން ވަނީ އެންމެ ކުރި ހޯއްދަވާފަ އެވެ. އާންމުންގެ ފަރާތުން ކޮންމެ ލީޑަރަކަށް ވެސް 10 އަކުން މާކްސް ދިނުމަށް ހުޅުވާލި މި ސާވޭގައި ރައީސް ޔާމީނަށް އެވަރެޖްކޮށް 5.6 ޕޮއިންޓް ލިބިވަޑައިގަތްއިރު، ރައީސް މުއިއްޒަށް ލިބިވަޑައިގަތީ 5.3 ޕޮއިންޓެވެ.

ބާނީ ސެންޓަރުން ފާހަގަކޮށްފައިވާ ގޮތުގައި، މި ޕޯލްގައި ރައީސް މުއިއްޒު ދެވަނައިގައި ހިމެނިވަޑައިގެންނެވި ނަމަވެސް، އެ ސެންޓަރުން ކުރިން ނެގި ޕޯލްތަކުގެ ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނުގެ “ނެޓް އެޕްރޫވަލް ރޭޓިންގ” ހުރީ +24 ޕޮއިންޓްގަ އެވެ.

މި ލިސްޓުގެ ތިންވަނަ ލިބިވަޑައިގަތީ އިދިކޮޅު އެންމެ މަގުބޫލު ލީޑަރުގެ ގޮތުގައި ފާހަގަކުރެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމަނިކުފާނަށް 4.9 ޕޮއިންޓް ލިބިވަޑައިގެންނެވިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތީ 4.5 ޕޮއިންޓެވެ.

މި ސާވޭގައި ބާނީ ސެންޓަރުން ހިމަނާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ނުވަތަ ޕާޓީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ސެންޓަރަށް ފާހަގަކުރެވުނު 6 ލީޑަރެކެވެ.