ޕީޕީއެމް އިން ބާއްވާ ބޮޑު ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ
ރޭ ފުވަމުލަކު ސިޓީގެ ރައްޔަތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގިނަ މަސައްކަތްތަކެއްކޮށް ގިނަ ތަހުލީލުތަކެއް ކުރުމަށް ފަހު މިހާރު މެނިފެސްޓޯ ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި ގެން އެތަށް ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ފަދަ މެނިފެސްޓޯއެއް ތައްޔާރުކޮށްފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ
ރައީސް ޔަމީން ވިދާޅުވީ އަންނަ ހޯމަ ދުވަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި އެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށާއި މެނިފެސްޓޯގައި ލިޔާނީ ކުރެވޭނެ ކަންކަންކަމަށެވެ
ބޮޑު ޖަލްސާގައި މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު މިހާރުވެސް ޔާމީން ރަށްރަށަށް ކުރައްވާ ތަދުރުފުޅުތަކުގައި އަންނަނީ މެނިފެސްޓޯގެ ބައިތައް ހާމަކުރައްވަމުންނެވެ.