ޕީޕީއެމްގެ އަސްލު ހަގީގީ މެންބަރުންނާއި ރައީސް މައުމޫނާއި މެދު އަމަލުކުރެވުނު އިހާނެތި ގޮތްތައް ކިޔައިދެއްވި ބައެއް ފަހަރު މައުމޫނުގެ ލޯފުޅުން ކަރުނަ ފޭބިތަން ދެކެވަޑައިގެންނެވިކަމަށް އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ
މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރު އާމިނަތު ނާދިރާ ވިދާޅުވީ ރައީސް މައުމޫނާމެދު ނުބައި ތަސައްވުރެއް އުފެއްދީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ މި ސަރުކާރުން ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ޅ. ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި ނާދިރާ ވިދާޅުވީ ރައީސް މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލުމަށް ކޯޓަށް ދަމައި އަނިޔާ ދިންކަމަށާއި ޕީޕީއެމްއާއި އެޕާޓީގެ ގޮފިތައް ހަލާކުކުރީ މުލިއާގޭގައި މަސައްކަތް ކުރެއްވި އަންހެނަކު އިސްކޮށް ހުންނަވައިގެންކަމަށެވެ.
މީގެ އިތުރުން ނާދިރާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ހުންނާނީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންކަންކަމަށާއި އެގޮތުން މި ފަސްގަނޑު ބޭރުގެ ބަޔަކަށް ނުވިއްކޭނޭ ސާފު ބަހުން އޮންނާނެކަމަށެވެ. އަދި ދިވެހި ފަސްގަނޑުގައި ދިވެހިންގެ ބާރު ނޫން އެހެން ބޭރުގެ ބައެއް އަތްގަދަ ނުކުރެވޭނެކަމަށް އޮންނާނެކަމަށް ނާދިރާ ވިދާޅުވިއެވެ. “ބިން ވިއްކުމަށް ގާނޫނު ފާސްކުރީ ރައީސް މައުމޫނު އެކަން ނުކުރެއްވުމަށް އެތައް ގޮތަކުން އާދޭސް ދަންނަވަމުން ގެންދަވަނިކޮށް. މެސެޖުންނާއި ސިޓީއިން އެންގުމުންވެސް އެކަމަށް ތަބާނުވި. އެ ބިލަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ފިޔަވާ ޕިޕީއެމްގެ ހުރިހާ މެންބަރުން ވޯޓް ދެއްވި” ނާދިރާ ވިދާޅުވިއެވެ
މީގެ އިތުރުން ނާދިރާ ވަނީ އެކަން ކަމަށް ބީރު ކަންފަތެއް ދިނީ މައުމޫނު ލޯބިފުޅުވާ ޕާޓީގެ ޕާލަމެންޓްގެ މެންބަރުންކަނަ ފާހަގަކުރައްވާފައެވެ