English Edition
Dhivehi Edition

އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯން ގެ ދަށުން އައްޑޫ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ހުޅުވާލަމެވެ.

އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންފުޅުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ

މި މަޝްރޫޢުއަށް ޝަޢުޤުވެރިވެލައްވާ ފާރާތްތަކަށް 17 ސެޕްޓެމްބަރ 2018 އިން ފެށިގެން 27 ސެޕްޓެމްބަރ 2018 ގެ ނިޔަލަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ “ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް” އިން ބިޑްފޮތް ބައްލަވައިގަންނަށް ލިބިވަޑައިގަންނަވާނެއެވެ.

ބިޑް ފޮތް ބައްލަވައިގަންނަ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު 17 ސެޕްޓެމްބަރ 2018 އިން 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އާހަމައަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ “ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް”ހުޅުވާލެވިފައި އޮންނާނެއެވެ.

ހުށަހަޅާ ބިޑްތައް ހުޅުވުން އޮންނާނީ 01 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 14:00ގައި ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ޙާޟިރުގައި ކަމަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިންވަނީ ބުނެފައެެވެ