އިއްޔެ އަވަހާރަވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސުމް ނަވާޒުގެ ޖަނާޒާ އަށްނަވާޒް ޝަރީފް މިއަދު ޖަލުން ނެރެފި އެވެ
ލާހޯރުގައި ބާއްވާ ކުލްސުމްގެ ޖަނާޒާއަށް ބާރަ ގަޑިއިރުގެ ޕެރޯލުގެ ދަށުން ނަވާޒް ޝަރީފާ އެކު ދަރިކަނބަލުން މަރިޔަމް އާއި މަރިޔަމްގެ ފިރިކަލުން މުހައްމަަދު ސަފްދާރު ވެސް ވަނީ ޖަލުން ނެރެފަ އެވެ.ނަވާޒް ޝަރީފް ފަސް ދުވަހަށް ދޫކޮށްދިނުމަށް އެދި ފަންޖާބު ސަރުކާރަށް އެމަނިކުފާނުގެ ކޮއްކޮ ޝަހުބާޒް ޝަރީފް ހުށަހައްޅުއްވާފައިވީ ނަމަވެސް ނަވާޒް ދޫކޮށްލާފައިވަނީ އެންމެ ފަސް ގަޑިއިރަށެވެ
ކުލްސުމްގެ ހަށިގަނޑު ލާހޯރަށް ހުކުރު ދުވަހު ގެނައުމަށް ހަމަޖެހިފައިވާއިރު ޖަނާޒާ ބާއްވާނީ ވެސް އެ ދުވަހު ކަމަށް ބޭރުގެ މީޑިއާތަކުންވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހާ ހަމައަށް ނަވާޒް ޝަރީފްގެ ޕެރޯލް އިތުރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގުގެ ތަރުޖަމާނަކުވަނީ ވިދާޅުވެފައެވެ