ގަދަކަމުން މީހުން ނެރެގެން ރަސްމީ ސައިޒާއި ނުރަސްމީ ސައިޒް ދައްކަންނުޖެހޭ ކަމަށާއި އެކަން އޮތީ ފެނިފައި ކަމަށް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ
އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ މިގޮތަށް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ، އަސްލު ސައިޒު ދައްކާލާނެ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވުމާއި ގުޅިގެންނެވެ.
ނިހާން އަށް ރައްދު ދެއްވާ ކުރެއްވި ޓުވިޓެއްގައި މާރިޔާ ވިދާޅުވީ ރައްޔަތުންނަށް ޕީޕިއެމްގެ ސައިޒް އޮޅިގެން ނޫޅޭކަމަށާއި ބަޔަކު ގަދަކަމުން ނެރެގެން ސައިޒް ދައްކަން ނުޖެހޭނެކަމަށެވެ