ރަށްރަށަށް ވަޑައިގަތުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ރަށްރަށުގެ މީހުން ތާއިދުކުރައްވާ މިންވަރު އެނގޭ ކަމަށާއި އެމަނިކުފާނަށް އޮތް ތާއީދެއް ނުގެއްލޭ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި އެވެ
ރޭ އެމްއާރްއެމްގެ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ކެމްޕެއިން ދަތުރުތައް ކުރާ އިރު ރާއްޖޭގެ ކަންކޮޅުތަކުން މައުމޫންއަށް ތާއީދު ކުރާ ގިނަ ރައްޔިތުންތަކެއް ތިބިކަން ވަރަށް ސާފުކޮށް ފެންނަ ކަމަށާއި އެމަނިކުފާނު ކޮށްދެއްވާފައި ހުރ ކަންކަން ހިތުގެ އަޑިން ގަބޫލު ކުރާ ގިނަ ރައްޔިތުން ތިބި ކަމަށެވެ.އަދި އެ މީހުން ތިބީ ކޯލިޝަންއާ އެކުގައި އިންތިހާބު ކާމިޔަބު ކުރުމަށްކަމަށާއި މައުމޫން ޖަލުގައި އިންނަވާކަށް އެ ރައްޔިތުން ބޭނުން ނުވާކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން އިބޫ ވިދާޅުވީ މައުމޫން، ރައީސް ޔާމީންއަށް ކުރައްވަމުން ގެންދެވި ތާއިދު އަބުރާ ގެންދެވުމަކީ ރައްޔިތުންނަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ
ކުރީގެ ރައީސް މައުމޫންގެ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އިބޫ ވިދާޅުވީ ފެހި ގާނޫން އަސާސީ ވުޖޫދަށް ގެނައުމުގައި ރައީސް މަައުމޫންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަޓިކް ހަމަތަކެއް ގާއިމްވީ ރައީސް މައުމޫން ވެސް ކުރެވި މަސައްކަތުން ކަމަށް އިބޫވަނީ ފާހަގަކުރައްވާފައެވެ