English Edition
Dhivehi Edition

މި ސަރުކާރާއި ރައީސް ޔާމީން އަށް ތާއިދުކޮށް، އައްޑޫ ސިޓީ ހުޅުދޫ ޕީޕީއެމް ކަނބަލުން އިސްނަގައިގެން ހިނގާލުމެއް ބާއްވައިފިއެވެ

އިއްޔެ ހަވީރު ހުޅުދޫ ޕީޕީއެމް ދެން ދެނޯ ޖަގަހައިން މީދޫ ޖެޓީ ސަރަހައްދަށް ބޭއްވި މި ހިނގާލުމުގައި ހުޅުދޫ މީދޫ ޕީޕީއެމްއަށް ތާއިދުކުރާ ގިނަ ކަނބަލުންތަކެއްވަނީ ބައިވެރިވެފައެވެ. ހުޅުދޫ މަޖިލިސް މެމްބަރު ޝާހިދު ބައިވެރިވެ ވަޑައިގެންނެވި މި ހިނގާލުން އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވަނީ މި ހިނގާލުމުގެ ބޭނުމަކީ މި ދެރަށުން ރައީސް ޔާމިނު ގެނެސްދެއްވާ ތަރައްޤީ ބަލައިގަނެ ރައްޔަތުން ތިބީ ރައީސް ޔާމީން އާއި އެކުގައި ކަން ހާމަކުރުން ކަމަށެވެ

މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި ކަނބަލުން ބުނެފައިވަނީ މިއީ ދިވެހި ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހީމްގެ ފަރާތުން ހިތްވަރު ލިބިގަނެ، އަންހެން ބާރުވެރިކުރުވުމާއެކު ސިޔާސީ މައިދާނުގައި ފިރިހެނުންނާއި އެއް ހަމައެއްގައި އަންހެންވެސް ފަސް ނުޖެހި ކުރިއަށް ދިއުމަށް އެޅިގެން ދިޔަ ވަރަށް މުހިއްމު ބިންގަލެއް ކަމުގައެވެ