English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ އަންހެނަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ޑްރަގް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ގ.ރަނައުރާގޭއާގެ، މާލެ، ރިމާނާ މޫސާ (42އ) ހޯދުމަށް ފުލުހުން ކުރި އިއުލާނުގައި ބުނީ ރިމާނާ މޫސާ ހޯދަމުންދަނީ ޑްރަގް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެންބަރު 23ވަނަ ދުވަހުގެ 10:00އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

ޖުލައި 19، 2024ގައި މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގައިވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އޭރު ފުލުހުން ބުނީ، އޭނާގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.