މިއަދުން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން އާސަންދަ ހިދުމަތް ދޭން ފަށައިފިއެވެ
މިއަދުން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށްދާ މީހުންނަށް އާސަންދަގެ ޚިދުމަތް ލިބޭނެ ގޮތްހަމަޖެހިފައިވާއިރު މާދަމާއިން ފެށިގެން ފާމަސީ އިންވެސް އާސަންދައުގެ ޚިދުމަތް ފެށިގެންދާނެކަމަށް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ
ޓްރީ ޓޮޕުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭނީ ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިންވެސް ލިބޭ ޕެކޭޖުތަކާ އެއް ވަރަކަށެވެ.
ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް އިން ރާއްޖޭގައި އާންމުކޮށް ލިބެން ނުހުންނަ ގިނަ ޚިދުމަތްތައް ތަޖުރިބާ ކާރު ޑޮކްޓަރުންގެ އެހީގައިދަނީ ފޯރުކޮށްދެމުންނެވެ