English Edition
Dhivehi Edition
ފޮޓޯ:ޕީޕީއެމް

އޮންނަ އުސޫލުތަކާ ޚިލާފަށް ކަންތައްތައް ކޮށްގެން ހުއްދަ ހިފަހައްޓަން ޖެހިއްޖެއް ހާލަތެއްގައި ހުއްސަ ހިފަހައްޓާނެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ

ޑރ.ޝަހީމް މިހެން ވިދާޅުވީ އައްޑޫ ސިޓީ ގައި ބޭއްވި ޖަލްސާގައި މި ވެރިކަމުގައި އިލްޔާސްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ނުވަމަސް ދުވަސް ވަންދެން ހިފެހެއްްޓި ކަމަށާއި އެއީ އެހެން ސަރުކާރެއްގައި ކުރި ކަމެއް ނޫންކަމަށް އިލްޔާސް ދައްކާފާއިވާ ވާހަކަތަކާއި ގުޅިގެންނެވެ

އިލްޔާސް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ހުއްދަ ބާތިލު ކުރީ ކަމެއް ކުރަން ޖެހޭ ގޮތާ ޚިލާފަށް ކަމެއް ކުރީމަ ކަމަށާއި ނުބަލައި ޚުތުބާ ކިޔުމަކީ ރާއްޖޭގައި މިހާރު ކުރާ ކަމެއް ނޫންކަމަށެވެ.” އިހައްދުވަހުވެސް ބޭފުޅަކު ވިދާޅުވި ތިމަންނަގެ ހުއްދަ ބާތިލުކޮށްފިއޭ އެހެންނޭ މިހެންނޭ. އެކަމު ދެން އެހުއްދަ އަލުން ދިން ވާހަކައެއް އަދި އޭގެ ފަހުން ކިތައް ހުތުބާ ކީ ވާހަކައެއް ވިދާޅެއް ނުވޭ،” ޑރ. ޝަހީމް ވިދާޅުވި އެވެ

އިލްޔާސްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓީ ނުބަލައި ޚުތުބާ ކިޔުމުންނެވެ