English Edition
Dhivehi Edition
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރމުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ފޮޓޯ އިސްލާމިކް މިނިސްޓްރީ

ބަންޑާރަނައިބުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާގައި ވަޒީރަށް ރުހުން ދިނުމަށް ވޯޓަށް ހުޅުވާލުމުން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ވޯޓް ދެއްވީ ވޯޓްގައި ބައިވެރިވެލެއްވި މެންބަރުންގެ ތެރެއިން 46 މެންބަރުންނެވެ. އަދި ވަޒީރަށް ރުހުން ދޭން ނިންމީ 24 މެންބަރުންނެވެ.

ބަންޑާރަނައިބު ކަމަށް އުޝާމް އައްޔަންކުރަން ރުހުންދޭން, ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވަނީ އުޝާމަށް ރުހުން ނުދޭން ވޯޓު ދީފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓަރު ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދީފައިވާއިރު 30 މެންބަރުން ވަނީ ޝަހީމަށް ރުހުން ދިނުމަށް ފެންނަކަމަށް ވޯޓު ދީފައެވެ.