English Edition
Dhivehi Edition

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ބުނެ އެކްސް މެދުވެރިކޮށް ފެތުރުނު ވީޑިއޯއަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ދޮގު ވީޑިއޯއެއްކަން ހާމަވެއްޖެއެވެ.

މި ވީޑިއޯއަކީ އަސްލެއް ނެތް، ކާކުކަން ނޭނގޭ ފަރާތަކުން އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއެއްކަން އެނގިފައިވެއެވެ.

މި ހާދިސާއިން ދަސްވި މުހިންމު ފިލާވަޅުތަކުގެ ތެރޭގައި، މީހެއްގެ އަބުރަކީ މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ އެއްޗެއްކަމާއި، ފެންނަ ކޮންމެ އެއްޗެއް ޤަބޫލުކޮށްގެން ނުވާނެކަން ހިމެނެއެވެ. އަދި މިޒަމާނުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހެއްގެ އަބުރު ނަގާލުމަކީ ފަސޭހަކަމަކަށްވެފައިވާތީ، މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އެއީ ތެދެއްކަމުގައި ޤަބޫލުކޮށްގެން ނުވާނެކަން މި ހާދިސާއިން ރަމްޒުކޮށްދެއެވެ.

މި ހާދިސާއިން އަދި ހާމަވެގެންދިޔައީ، ވަޒީރު ޑރ. ޝަހީމްގެ މައްޗަށް މީގެ ކުރިން ކުރެވިފައިވާ ތުހުމަތުތަކަކީވެސް ދޮގު ތުހުމަތުތަކެއްކަމާއި، ވަޒީރަކީ އެފަދަ ޢަމަލުތަކާ ދުރުހެލިވެގެންވާ ބޭފުޅެއްކަމެވެ. މި ހާދިސާއަކީ މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދިޔަ މުހިންމު ހޭލުންތެރިކަމެއްކަން ފާހަގަކުރެވެއެވެ.