English Edition
Dhivehi Edition
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އޭސީސީ

ދެ ނަމާދު ދޭތެރޭގައި މިސްކިތްތަކުގައި ގާރީ ކްލާސް ހިންގުމުގެ ހުއްދަ މި ހަފްތާތެރޭ ދޫކުރާން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެކަމަށެވެ. އެހެންކަމުން މިކަމަށް ޝައުޤުހުރި ފަރާތްތަކުން ފޯމު ލުމަށް މި ހަފްތާގައި ހުޅުވައިލާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައިވާއިރު ރޭ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ޖަލްސާ​ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކީރިތި ގުރުއާނަކީ ހިތްތަކުގެ ނޫރުކަމަށާއި، ކީރިތި ގުރުއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މުސްލާމުންގެ ހަޔާތުގެ ހުރިހާ ކަމެއް ބައްޓަންވެގެންދަނީ އެ މާތް ފޮތުގެ ވަށައިގެންކަމަށެވެ. އެހެންކަމުން ކީރިތި ގުރުއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގު ބޮޑު މުބާރާތައް އަންނަ އަހަރުން ފެށިގެން ހައްދަވާނެ ކަމަށެވެ.