English Edition
Dhivehi Edition
ފޮޓޯ:ޕީޕީއެމް

މުޖުތަމައުގައި އުނިކަންކަން ހުންނާނެ ކަމަށާއި އެކަން ރަނގަޅު ކުރަން އިލްމުވެރިން މަސައްކަތް ކުރަން ޖެހޭނެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ

ހދ.ކޮލަމާފުށްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަަވަމުން ޝަހީމް ވިދާޅުވީ މުޖްތަމައު ރަގަޅުކުރުމަށް އިލްމުވެރިން މަސައްކަތްކުރައްވަން ޖެހޭނެކަމަށާއި އެހެންނަމަވެސް ތިމާ ހިތަށް އެރިހާ އެއްޗެއް ކިޔޭނެ ކަމަށް އެއްވެސް އިލްމުވެރިޔަކު ހީފުޅު ކުރައްވައިގެން ނުވާނެކަމަށެވެ. އަދި ހައްގުބަސް ބުނުމަކީ ވެރިކަމުގައި ހުންނަ މީހާއާ ދެކޮޅަށް ނުކުމެ ފިތުނަ އުފެއްދުން ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ

އައްޑޫ ސިޓީ މީދޫގައި ކޯލިޝަނުން ބޭއްވި ޖަލްސާގައި އަލްޔާސް ހުސައިން ދެއްކެވި ވާހަކަތަކަށް ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ހައްގުބަސް ބުނުމުގެ ނަމުގައި ވެރިކަމުގައި ހުންނަ މީހާއަށް ކޮންމެ ފަސް އަހަރުން ހުކުމެއް ޖެހުމަކީ އިލްމުވެރިންނަށް އޮންނަ ހައްގެއް ނޫންކަމަށެވެ. އަދި އިލްމުވެރިންގެ ފަރާތުން މިރާއްޖޭގައި ހުރި މަންދޫބަކީ ތިމާ ކަމުގައި ދެކެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއްކަމަށް ޝަހީމް ވިދާޅުވިއެވެ

މީގެ އިތުރުން ޝަހީމް ވިދާޅުވީ ހައްގުބަސް ބުނުމަކީ ހެޔޮމަގަށް ގޮވާލުމާއި،ހެޔޮކަންކަން ބަޔާންކޮށްދިނުންކަމަށާއި އެކަންތައްތަކަށް ދިވެހިރާއްޖޭގައި ފުރުސަތު އެބައޮތް ކަމަށެވެ.

1 ކޮމެންޓް
Ahmed
ސެޕްޓެމްބަރު 4, 2018
ޙައްޤުބަހަށް ފިތުނައޭ ބުނުމަކީ ދީނަށް ފުރައްސާރަކުރުން.