މީގެ ކުރިން ބޭއްވި ރިޔާސީ ދެ އިންތިހާބުގައި ވެސް ވޯޓު ލާ މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި ނުވާނެ ކަމަށް މިދިއަ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ކުރެއްވި ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ
ފުވާދު މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ބައެއް ރަށްރަށަށް ދެ ފޮށި ފޮނުވަމުން ދާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާ ވާހަކައަށް އީސީ އިން ދެއްވި ޖަވާބާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އީސީ އިން ބުނެފައިވަނީ މީގެ ކުރީގެ އިންތިހާބު ތަކުގައިވެސް ބައެއް ރަށްރަށަށް ދެ ފޮށީ ފޮނުވާފައިވާ ކަމަށާއި މިއީ އަލަށް ކުރާ ކަމެއް ނޫންކަމަށެވެ
މި ވާހަކަތާއި ގުޅިގެން ފުވާދު ވިދާޅުވީ މި ދިޔަ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ތިން ބުރަށް ބާއްވަން ޖެހުނުއިރު ވެސް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާފައި ނުވާނެ ކަމަށާއި މަރުކަތަކަށް ދެ ފޮށި ފޮނުވަނީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބުގައިކަމަށެވެ
2008 އަދި 2013ގެ އިންތިހާބުގައިވެސް އީސީގައި މަސައްކްތަކުރެއްވި ފުވާދު ވިދާޅުވީ އިލެކްޝަންސުން އާއްމުކުރީ ކަނޑައެޅިގެން ނުބައި މައުލޫމާތުތަކެއްކަމަށެވެ