English Edition
Dhivehi Edition

ބިރަކީ މުސްލިމެއްގެ އަގީދާއާ ގުޅިފައިވާ އެއްޗެއް ކަމަށާއި މާތް ﷲއަށް ފުރިހަމައަށް އީމާންވާ މީހަކު ބިރުފަހަނައަޅައި ދިޔުމަށް ގޮވާނުލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަޒު ޒިޔާދު ބާގިރުު ވިދާޅުވެއްޖެއެވެ

ޗެނަލް 13ގެ “ނިއުސްޓޯކް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. ޒިޔާދު ވިދާޅުވީ މުސްލިމެއްގެ ހިތުގައި ބިރު ނެތިއްޖެ ނަމަ އަގީދާ ފުރިހަމަ ނުވާނެ ކަމަށެވެ. މީގެ އިތުރުން ޒިޔާދު ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކާ ބީރައްޓެހި ފިކުރެއް ކަމަށާއި އެ ފިކުރުގެ ތެރެއިން ރާއްޖޭގައި އިސްލާމީ އުސޫލުތަކާއި ހަމަތައް ދަމަހައްޓާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ

ރައީސް ޔާމީން ދީން ހަތިޔާރަކަށް ހައްދަވާ ކަމަށް ބުނެ ދައްކަމުން ދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޒިޔާދު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ވެރިޔާގެ ޒިންމާ އަކީ ދީން ހިމާޔަތް ކުރުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވާހަކަފުޅުތަކަކީ އެއްވެސް ހާލަތެއްގައި ދީން ހަތިޔާރަކަށް ހެދުން ނޫން ކަމަށެވެ