English Edition
Dhivehi Edition

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ފާސްކުރާ ކޮމެޓީ ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައްވައި އެކޮމެޓީގެ މެމްބަރުންނާއި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައްދަލު ކުރައްވައިފިއެވެ.

މި ކޮމެޓީއުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައިހުންނަ ކީރިތި ޤުރްއާންގެ އާޔަތްތަކުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުމެވެ. މިކޮމެޓީގެ މަސައްކަތަކީ ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ކުށްހުރިތޯ ބެއްލެވުމެވެ.

މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އަލްޙާފިޡް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް (ކޮމެޓީގެ ޗެއަރ), އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް (ކޮމެޓީގެ ވައިސް ޗެއަރ), އައްޝައިޚް ނަޞްރުﷲ ޢަލީ, އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން, އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް, އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް އަދި އަލްޙާފިޡް ޢަބްދުﷲ މަސްޢޫދުއެވެ.