English Edition
Dhivehi Edition

މީގެ ކުރިން ބޭއްވި އިންތިހާބު ތަކުގައިވެސް ވޯޓުލާ ބައެއް މަރުކަޒުތަކަށް ދެ ފޮށި ފޮނުވާ ކަމަށާއި، މީ ރިޔާސީ އިންތިހާބާ ދިމާކޮށް އަލަށް ކުރާ ކަމެއް ނޫންކަމަށް އިލެކްޝަންސަ ކޮމިޝަން(އީސީ) އިން ބުނެފިއެވެ

މިއަދު އެ ކޮމިޝަނުން ބުނެފައިވަނީ މި އިންތިހާބުގައި ދެ ފޮށި ފޮނުވަނީ މީގެ ކުރިންވެސް އެ ގޮތަށް ފޮށި ފޮނުވާފައިވާ ރަށްތަކަށް ކަމަށާއި މި ގޮތަށް އަމަލުކުރަމުންދަނީ އެއް ފޮށި ފުރިއްޖެ ހާލަތެއްގައި އަނެއް ފޮށި ބޭނުންކުރަން ކަމުގައެވެ. މީގެ އިތުރުން އީސީ އިން ބުނެފައިވަނީ ފޮއްޓަކަށް ވޯޓުލާ އާބާދީ 600-1000 ދޭތެރޭގައި ނަމަ އެ މަރުކަޒަކަށް ފޮނުވާނީ ކުޑަ ދެ ފޮށިކަމަށާއި ފޮއްޓަކަށް ވޯޓުލާ އާބާދީ 1،000 އަށް ވުރެ އިތުރު ނަމަ ފޮނުވާނީ، ބޮޑު ފޮއްޓަކާއި ކުޑަ ފޮއްޓެެއް ކަމަށެވެ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްއިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތައް ފޮނުވަމުން ދަނީ، ކޮންމެ ރަށަކަށް އެއް ފޮށި އިތުރުވާ ގޮތަށްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އީސީ އިން ބުނެފައިވަނީ ހްލޫފް އާއްމު ކުރައްވާފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ