English Edition
Dhivehi Edition

ރަށްރަށަށް ވަޑައިގަތުމުން އެނގިވަޑައިގަތީ އިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް އާންމުން އާނ ބަސް ބުނަން ތައްޔާރަށް ތިބިކަން ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ވިދާޅުވެއްޖެއެވެ

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ގއ.ގެމަނަފުށްޓަށް ވަޑައިގެން ވާހަކަދައްކަމުން އިބޫ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.މީގެ އިތުރުން އިބޫ ވިދާޅުވީ ރައްޔަތުން ބޭނުންވަނީ އިންސާފުގެ މަގުން ކުރިއަށް ދިއުމަށް ކަމަށާއި ކޯލިޝަންގެ ވެރިކަމެއްގައި އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ

މީގެ އިތުރުން އިބޫ ވިދާޅުވީ ރައްޔިތުން ދިން އެއްބާރުލުމާ ދެކޮޅަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވީ އަމިއްލަ އެދުމާއި އަމިއްލަފުޅު ކަންތައްތަކެއް ހާސިލް ކުރެއްވުމަށް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ފެނިގެން ދިޔައީ ފަހަރަކު ބޭފުޅަކު، ސަރުކާރު ކޯލިޝަނުން ވަކިވެގެން ދިޔަ ތަން ކަމަށެވެ