ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ރޭ ފުވައްމުލަކަށް ވަޑައިގަތުމުން ކޯލިޝަންގެ މެމްބަރުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފަޒާދު،ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު މިހާތަނަށް މި ކަމާއި ގުޅިގެން ފަޒާދު އެއްވެސް އެއްޗެއް ބުނަފަައެއް ނުވެއެވެ.މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕާޓީގެ ހަރަކާތްތަކާއި ފަޒާދު ދުރުވެފައިވާއިރު ރައްޔަތުންގެ މަޖިލީހުގެ ބައެއް މުހިންމު ބިލްތައް ފާސްކުރިއިރު ފަޒާދު ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވައެވެ
ފަޒާދުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުވެސް ވަނީ ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ޕާޓީތަކާއެކު މަސައްކަތްކުރައްވަން ފައްޓަވާފައެވެ