English Edition
Dhivehi Edition

މަޝްހޫރު ޓީވީ ސިރީސް ‘މޮޑެން ފެމެލީ’ގެ ތަރި ޖެކްސަން އޮޑެލް މަރުވީ ޑްރަގް އޮވާޑޯސްވުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ

އުމުރުން 20 އަހަރުގެ ޖެކްސަން މަރުވީ މި އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ‘ސޯބާ ލިވިން ފެސިލިޓީސް ސެންޓާރ’ ގައެއެވެ. ޑްރަގްގެ ވަބާއިން ސަލާމަތްވުމަށް ލޮސްއެންޖަލީސްގެ ފެސިލިޓީސް ސެންޓަރުން ފަރުވާ ހޯދަމުން އައި ޖެކްސަން އަކީ ހެރޯއިން އަށް އެޑިކްޓްވެ އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔަ ތަރިއެކެވެ.ޖެކްސަންގެ މަރާ ބެހޭ ގޮތުން ޑޮކްޓަރުން ބުނެފައިވަނީ އޭނާ މަރުވީ ހެރޯއިން އާއި ކޮކިންގެ ސަބަބުން ކަމަށެވެ

ޖެކްސަންގެ އާއިލާއިން އީ ނިއުސް އަށް ދިން ބަޔާނެއްގައި ބުނެފައިވަނީ މަރުވުމުގެ އެއްދުވަސް ކުރިން އެ އާއިލާއިން ޖެކްސަން އާއި ބައްދަލުކުރިކަމަށާއި އޭނާ ހުރީ އުފަލުން ކަމަށެވެ. އަދި އެ ދުވަހު އާއިލާގެ މީހުންނަށް ލަވަ ކިޔައިދިން ކަމަށާއި އެ ލަވަތައް އެމީހުން ރެކޯޑްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާގެ އާއިލާއިން ބުނެފައިވަނީ ޖެކްސަން ކިޔާފައިވާ ވަރަށް ގިނަ ލަވަތައް އެބަހުރި ކަމަށާއި އެ ހުރިހާ ލަވަތައް އެއްކޮށް ރިލީސްކުރާނެ ކަމަށެވެ. އަދި އާއިލާއިން ބޭނުންވަނީ ޖެކްސަން މަރުވި ގޮތުގެ ހިތާމަވެރި ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާގެ ރީތި އަޑުން ކިޔާފައިވާ ލަވަތަކާއެކު މީހުން އޭނާގެ މަތިން ހަނދާންކުރަން ކަމަށެވެ