English Edition
Dhivehi Edition

ފިލްމީ ދާއިރާގެ މީހުން އެކަކު އަނެކަކަށް އޮންނަ އެކުވެރިކަމާއި، ލޯތްބާއި ނަފްރަތަކީ ހަމަ ކޮންމެ ވަގުތަކުވެސް ބަދަލުވެގެން ހިގައިދާނެ ގުޅުންތަކެއްކަން އެންމެން ދަނެއެވެ

މި ގޮތުން ނެހާ ދުޕިއާ އާއި އަންގަދް ބޭޑީގެ ކައިވެނީގެ ހަބަރާއެކު ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެން ދިޔައީ އަންގަދް އާއި ނޯރާ ފަތެހީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން އެގިފައިވާތީއެވެ. ނެހާ އާއި އަންގަދްގެ ގުޅުމާއި ބެހޭ ގޮތުން ނޯރާ އަށް އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަން އެނގިގެން ދިޔައީ އޭނާ ދިން އިންޓަވިއުއިންނެވެ. މިހާރު ދަރިއަކު ލިބެން އުޅޭ ކަން އިއުލާންކޮށްފައިވާ އަންގަދް އާއި ބެހޭ ގޮތުން ނޯރާ ބުނެފައިވަނީ އަންގަދް އަކީ އޭނާ ދަންނަ އަދި ދުވަހަކުވެސް ދިމާވި މީހެއް ނޫންކަމަށެވެ.

ނެހާގެ މި ވާހަކަ އާއި ގުޅިގެން އެއްވެސް ރައްދެއް ދޭން އަންގަދް ބޭނުން ނުވާއިރު ދާދި ފަހުން އެމްޓީވީ އިން ބޭއްވި ހަފްލާއެއްގައި ނެހާ އާއި ނޯރާވަނީ ދިމާވެސް ވެފައެވެ. ނެހާއަށް ނޯރާ ފެނުމުން އިސްޖަހާލައިގެން، ނޯރާ އަށް ނުބަލަން މަސައްކަތްކޮށްފައިވާއިރު ނޯރާ ފެނުމުން އަންގަދްގެ އަނބިމީހާ ޖެހިލުންވެ، ލަދުގަނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ

ނޯރާ އާއި ދޭތެރޭ އަންގަދް ކަންތައް ކުރި ގޮތުން އަންގަދްއަށް މައާފްކުރަން ނޯރާ ބޭނުން ނޫންކަމަށް އޭނާގެ ގާތް ފަރާތްތަކުން ވަނީ ބުނެފައެވެ

މަ

ޓެގު