ރައީސް ޔާމީންގެ ނައުފުޅަކީ ތަރައްޤީގެ ނައު ކަމަށާއި އެއީ އިސްލާމް ދީން ދަމަހައްޓާނެ ނަވެއް ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ
ލ.ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންޝަހީމް ވިދާޅުވީ ރައީސް ޔާމީން ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ވަގުތަކީ ދިވެހި ރާއްޖެއަށް ބޭރުގެ ބޮޑެތި ނުފޫޒުތައް ފޯރާފައިވާ ދުވަސް ވަރެއްކަމަށެވެ. އަދި އެކަމުން ޤައުމު އަރައިގަތުމަށް އުމްރާނީ ގޮތުން އެތަކެއް މަޝްރޫޢުތަކެއް އެމަނިކުފާނު ކުރައްވާފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ
މި ވެރިކަމުގައި ހިންގާފައިވާ މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަހީމް ވަނީ ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ވަކި ދާއިރާއަކަށް ޚާއްސަ ކުރެވިފައިވާ މަޝްރޫޢުތަކެއް ނޫން ކަން ފާހަނގަކުރައްވާފައެވެ. އަދި އިޖްތިމާއީ ދާއިރާ އަށާއި ސިއްހީދާއިރާއަށާއި އަދި މިނޫންެވެސް އިތުރު ގިނަ ދާއިރާތަށް ތަރައްޤީ ކުރުމަށް ރައީސް ޔާމީން ގިނަ މަސައްކަތްފުޅު ތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޝަހީމްވަނީ ވިދާޅުވެފައެވެ.