އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އެގައުމުގެ ދިދައިގެ ކުލަޖައްސަން އެނގިވަޑައިނުގަތުމުން ފަޑުކިޔުންތައް އަމާޒުވެއްޖެއެވެ
އެމެރިކާގެ އޮހާޔޯގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ކުރެއްވި ޒިޔާރަތެއްގައި ޓްރަމްޕް ވަނީ ހޮސްޕިޓަލްގައި ތިބި ކުދިންނާއެކު އެމެރިކާގެ ދިދައިގައި ކުލަ ޖައްސަވައިފައެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު ފޮޓޯ އިން ފެންނަނީ އެމެރިކާގެ ދިދައިގައި ހުންނަ ހުދާއި ރަތްކުލައިގެ ރޮނގުތަކުގައި ނޫކުލަ ވެސް އިތުރުކުރައްވާ ޓްރަމްޕް ކުލަ ޖައްސަވާތަނެވެ
މި ކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޓްރަމްޕަށް އަމާޒުވެފައިވާއިރު ރައީސް އަށް އެ ގައުމުގެ ދިދަ ނޭނގުމަކީ ވަރަށް ދެރަކަމެއް ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.