ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓުލާން ރެޖިސްޓްރީ ވެވޭނީ ޖަލުގައި ބަހައްޓާ ވޯޓު ފޮއްޓަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ
މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޖަލު ބަންދުގައި ތިބޭ ގައިދީންވެސް އަދި ގޭ ބަންދުގައި ތިބޭ މީހުން ވެސް ވޯޓުލާން ޖެހޭނީ ޖަލުގައި ބަހައްޓާ ފޮށްޓަށް ކަމަށާއި އެހެންކަމުން ނަޝީދު އާއި ގާސިމްއަށްވެސް ވޯޓު ލެވޭނީ ޖަލުގައި ބަހައްޓާ ވޯޓު ފޮއްޓަށް ކަމަށެވެ
މީގެ އިތުރުން އަކްރަމް ވިދާޅުވީ ޖަލެއްގެ ފޮށްޓެއް ރާއްޖޭން ބޭރުގައި ބަހައްޓާފައި ނުވާނެ ކަމަށާއި އެހެންވެ އެހެން ގައުމަކަށް ރީ-ރަޖިސްޓްރީވާން ހުށަހެޅި ގައިދީންގެ ފޯމު ބާތިލުކޮށްފައިވާނެ ކަމަށެވެ