English Edition
Dhivehi Edition

މިއަންމާ ސިފައިންގެ ވެރިޔާ އާއި އެ ގައުމުގެ ސިފައިންގެ އިސްވެރިންތަކެއްގެ ފޭސްބުކް އެކައުންޓް ބަންދުކުރަން ނިންމައިފި އެވެ

މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ހިމެނޭ ގޮތަށް މިއަންމާ ސިފައިންގެ ޖެނެރަލުންތަކެއް ފޭސްބުކުން ބޭރުކޮށްލަނީ ނަފްރަތާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަން ކަމަށް ފޭސްބުކް އިންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން 52 ފޭސްބުކް ޕޭޖް ބަންދުކުރާން ނިންމާފައިވާއިރު މި ޕޭޖްތައް 12 މިލިއަން މީހުން ފޮލޯ ކުރެ އެވެ

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގި އިރު އެކި އެކި މެސެޖްތައް އާއްމުކުރަން ސިފައިންނާއި ސިފައިންގެ ވެރިޔާ ފޭސްބުކް ބޭނުންކޮށްފައިވާއިރު މިއަންމާ ސިފައިންގެ ވެރިޔާގެ އިންސްޓަގްރާމް އެކައުންޓް ވެސް މަނާކުރަން ވަނީ ނިންމައިފަ އެވެ.