ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިނުވިނަމަ ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި ދުވަސްތަކެއް ހޯދައިދެވުނީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ
ތ. ގުރައިދޫ ގައި ރައްޔަތުންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕާޓީގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން ވަކިވުމުގެ ސަބަބުން ޕީޕީއެމް އޮތީ ވަރަށް ދެރަވަރުކޮށް ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމް ފިކުރާއި ސިޔާސަތުތަކުގައި އަދިވެސް ވަރު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ
މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުގެ އިތުރުން އަމިއްލަފުޅު ޕާޓީގެ ތެރެއިންވެސް ފިއްތުންތައް ކުރިމަތިވެލެއްވި ކަމަށާއި ފިއްތުންތަކުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މަޑުޖެހުންތަކެއް އައި ކަމަށެވެ